Skip to content
Share
National Records

ފަންސާސް މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި

2 min read

Imaan at the 7th FINA World Junior Swimming Championships 2019

ފިރިހެނުންގެ (ލޯންގ ކޯސް) 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޢަލީ އިމްޢާން އައުކޮށްފިއެވެ. ހަންގޭރީގައި މި އޮގަސްޓް މަހުގެ 18 ން 25 ށް ކުރިއަށްދާ 7 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި އިމްޢާން މި ރެކޯރޑް އައުކޮށްފައިވަނީ 00:30.86 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީ ޙުސައިން ހާއިޝް ޙަސަން އެވެ. މިރެކޯރޑް ހާއިޝް އައުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 00:31.95 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

7 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ދިވެހި 3 ފެތުންތެރިން ބައިވެރިވެއެވެ. އެއީ، ޢަލީ އިމްޢާން، ޙުސެއިން ހާއިޝް ޙަސަން އަދި ހަމްނާ އަޙްމަދެވެ. ޓީމާއި ޙަވާލުވެ މިބާރާތުގެ ކޯޗެއްގެ ގޮތުގައި ބައިވެރިވަނީ ޤައުމީ ހެޑްކޯޗު އިބްރާޙީމް މޫސާ އެވެ.


Our sponsors & partners

  • Bank of Maldives