Skip to content
Share
National Records

ފަންސާސް މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިފްޒާލް އާކޮށްފި

2 min read

Ifzaal Ibrahim Mahfooz

ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިފްޒާލް އިބްރާހިމް މަހްފޫޒް އާކޮށްފިއެވެ. ސިންގަޕޯ ނޭޝަނަލް ސްވިމިންގ ޝޯޓްކޯސް އިންވިޓޭޝަނަލް 2026 ގައި އިފްޒާލް މިރެކޯރޑް އާކޮށްފައިވަނީ 00:31.86 އިން ނިންމައިގެންނެވެ.

މިއިވެންޓުގެ ޤަައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ ލޫތު މުހައްމަދު ހުސައިން އެވެ. އެއީ 2025 ވަނަ އަހަރު ތައިލެންޑްގައި ކުރިޔަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 00:31.95 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.


Our sponsors & partners

  • Bank of Maldives