Mohamed Rihan Shiham
ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް މުޙައްމަދު ރިޙާން ޝިހާމް އާކޮށްފިއެވެ. މި ރެކޯރޑް ރިޙާން އާކޮށްފައިވަނީ ޖަޕާނުގައި މިހާރު ކުރިޔަށްދާ 20 ވަނަ އޭޝިއަން ގޭމްސް ގައި 05.06.92 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މި ރެކޯރޑް އެންމެފަހުން ވެސް އާކޮށްފައިވަނީ ރިހާން އެވެ. އެއީ ސްކޮޓްލަންޑްގެ ގްލާސްގޯގައި ކުރިޔަށްދިޔަ 23 ވަނަ ކޮމަންވެލްތް ގޭމްސްގައި 05.09.68 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

