Skip to content
Share
National Records

ސަތޭކަ މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ލޫޠު އާކޮށްފި

1 min read

Looth Mohamed Hussain

ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ލޫޠު މުޙައްމަދު ޙުސައިން  އާކޮށްފިއެވެ. ލޫޠު މި ރެކޯޑު އާކޮށްފައިވަނީ ސްކޮޓްލަންޑްގެ ގްލާސްގޯ ގައި މިހާރު ކުރިޔަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސް ގައި ވާދަކޮށް، 01:10.63 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން ވެސް އާކޮށްފައިވަނީ ލޫޠު އެވެ. އެއީ 2025 ވަނަ އަހަރު ރޮމޭނިޔާ ގައި ބޭއްވުނު 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ޗެމްޕިއަންޝިޕްގައި 01:10.95 އިން އިވެންޓު ނިންމައިގެންނެވެ.


Our sponsors & partners

  • Bank of Maldives