Skip to content
Share
National Records

އަންހެނުންގެ ހަތަރުސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

1 min read

Sarah Mohamed

އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ސާރާ މުޙައްމަދު އާކޮށްފިއެވެ. ދުބާއީގައި މިހާރު ކުރިޔަށްދާ ހެމިލްޓަން އަކުއާޓިކްސް ޝޯޓްކޯސް ގައި ސާރާ މި ރެކޯޑު އާކޮށްފައިވަނީ 05:23.90 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އީން އައްބާސް ޝަރީފެވެ. އެއީ، 2022 ވަނަ އަހަރު ތައިލޭންޑްގައި ބޭއްވި ޝޯޓްކޯސް ސުވިމިންގ ޗެމްޕިއަންޝިޕްސް ގައި 400 މީޓަރު ފްރީސްޓައިލް އިވެންޓު 05:29.88 އިން ނިންމައިގެންނެވެ.


Our sponsors & partners

  • Bank of Maldives