Skip to content
Share
National Records

ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި

1 min read

meral

އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އާކޮށްފިއެވެ. ޔޫކޭގައި ކުރިއަށްދިޔަ ސިޓީ އޮފް ޕްލިމަތު އެނުއަލް ސްވިމް މީޓް 2025 ގައި މިރާލް މިރެކޯޑު އާކޮށްފައިވަނީ 05:40.64 އިން ރޭސް ނިންމައިގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް މިރާލްއެވެ. އެއީ، މިއަހަރުގެ މެދުތެރޭގައި ބޭއްވި އޭޕީ ރޭސް: ޕްލިމަތު ސަމަރ އޯޕަން 2025 ގައި ވާދަކޮށް، 05:43.81 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.


Our sponsors & partners

  • Bank of Maldives