Skip to content
Share
National Records

ސަތޭކަ މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ޙަމްނާ އާކޮށްފި

1 min read

hamna

އަންހެނުންގެ ޝޯރޓްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޙަމްނާ އަޙްމަދު އާކޮށްފިއެވެ. ހަންގޭރީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ހަމްނާ މިއިވެންޓު ނިންމާފައިވަނީ 01:20.69 އަކުންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީވެސް ޙަމްނާ އެވެ. އެއީ، މިދިޔަމަހު ހަންގޭރީގައި ބޭއްވުނު އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓްޓްރެކް ޗެމްޕިއަންޝިޕް ގައި 01:22.65 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


Our sponsors & partners

  • Bank of Maldives