Skip to content
Share
National Records

ހަތަރުސަތޭކަ މީޓަރ ފްރީސްޓައިލް ރޭހުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި

2 min read

rihan

ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިހާން ޝިހާމް އާކޮށްފިއެވެ. މެލޭޝިއާގައި ކުރިއަށްދާ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ރިޙާން މި ރެކޯޑް އާކޮށްފައިވަނީ 04:28.34 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

400 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް ރިހާންއެވެ. އެއީ މިމަހު ކުރީކޮޅު ބޭއްވި އެރީނާ ތައިލަންޑް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައެވެ. އެފަހަރުގެ ވަގުތަކީ 04:29.70 އެވެ.

 


Our sponsors & partners

  • Bank of Maldives