Skip to content
Share
National Records

ފަންސާސް މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ހަނާން އާކޮށްފި

2 min read

hanan

ތައިލަންޑްގެ ޕުކެޓްގައި ކުރިއަށްދިޔަ ދަ ފެޑަރޭޝަން އޮފް ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްސް އިން އޭޝިއާ (ފޮބިސިއާ) ސްވިމިންގ އިންވިޓޭޝަނަލް 2024 ފެތުމުގެ މުބާރާތުގައި ގައި ވާދަކޮށް ލޯންގ ކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް ހަނާން ހުސެއިން ހަލީމް އާކޮށްފިއެވެ. ހަނާން މިއިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 00.32.00 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް ހަނާން އެވެ. އެއީ މިދިޔަ އަހަރު ބޭއްވުނު 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި 00.32.15 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


Our sponsors & partners

  • Bank of Maldives