Skip to content
Share
National Records

ދުއިސައްތަ މީޓަރ ލޯންގ ކޯސް އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް ތަޒްކިޔާ އާކޮށްފި

2 min read

thazkiyah

ތައިލަންޑްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް 2024 ގައި އަންހެނުންގެ ލޯންގކޯސް 200 މީޓަރ، މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ. މި އިވެންޓް ތަޒްކިޔާ އާކޮށްފައިވަނީ 02.53.20 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު ސްޕީޑޯ ތައިލަންޑް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އާމިނަތު ޝަޖަން އެވެ. އެފަހަރު ޝަޖަން މިއިވެންޓު ނިންމާފައިވަނީ 02.54.36 އިންނެވެ.


Our sponsors & partners

  • Bank of Maldives