Skip to content
Share
National Records

ފިރިހެނުންގެ ހަތަރެއް ގުނަ ސަތޭކަ މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފި

2 min read

relay team men ioig 2023

މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ލޯންގކޯސް ފިރިހެނުންގެ 4 ގުނަ 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ދިވެހި ފެތުންތެރިން އައުކޮށްފިއެވެ. 03.58.33 އިން ރޭސް ފުރިހަމަކޮށް، ޤައުމީ ރެކޯރޑް އައުކުރި ޓީމުގައި ހިމެނެނީ، މުޙައްމަދު އާން ޙުސައިން، ޢަލީ އިމްޢާން، މުޙައްމަދު ރިޙާން ޝިހާމް އަދި މުބާލް ޢައްޒާމް އިބްރާޙީމެވެ.

މި ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު 5 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި 04.01.23 އިން ރޭސްނިންމައިގެންނެވެ. އެފަހަރު ޤައުމީ ރިކޯރޑް އައުކުރި ރިލޭ ޓީމުގައި ހިމެނުނީ އަބްދުﷲ ނާވީ އަޙްމަދު، އިބްރާޙީމް މައިޝާން ޝަމީމް، އަލީ އިމްޢާން އަދި ޙުސައިން ހާއިޝް ޙަސަން އެވެ.

މިއީ މިމުބާރާތުގައި ދިވެހި ފެތުންތެރިން އައުކުރި 3 ވަނަ ޤައުމީ ރެކޯރޑެވެ.


Our sponsors & partners

  • Bank of Maldives