Skip to content
Share
National Records

ހަތަރެއް ގުނަ ފަންސާސް މީޓަރ މިކްސްޑް މެޑްލޭ ރިލޭގެ ޤައުމީ ރެކޯރޑް އައުކޮށްފި

2 min read

rihan, hamna, sausan, mubal

16 ވަނަ ފީނާ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި، ޝޯރޓްކޯސް 4 ގުނަ 50 މީޓަރ މިކްސްޑް މެޑްލޭ އިވެންޓު 02.05.53 ން ނިންމައި، ޤައުމީ ރެކޯރޑް ދިވެހި ޓީމުން އައުކޮށްފިއެވެ. މިރެކޯރޑް އައުކުރި ޓީމުގައި ހިމެނެނީ އާއިޝަތު ސައުސަން، ހަމްނާ އަޙްމަދު، މުޙައްމަދު ރިހާން ޝިހާމް އަދި މުބާލް އައްޒާމް އިބްރާޙީމެވެ.

މިއިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު 15 ވަނަ ފީނާ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 02.05.97 ކުން ރޭސް ފުރިހަމަ ކޮށްގެންނެވެ. އެފަހަރުގެ ޓީމުގައި ހިމެނެނީ ސައުސަން އާއި ޙަމްނާ ގެ އިތުރުން، ޢަލީ އިމްޢާން އަދި މުޙައްމަދު އާން ޙުސައިން އެވެ.


Our sponsors & partners

  • Bank of Maldives