Skip to content
Share
National Records

ހަތަރެއް ގުނަ 100 މީޓަރ މިކްސްޑް ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފި

2 min read

cwg2022 team

ލޯންގކޯސް މިކްސްޑް، 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ. ޔުނައިޓެޑް ކިންގްޑޮމްގެ ބަރމިންގހަމްގައި މިހާރު ކުރިއަށްދާ 22 ވަނަ ކޮމަންވެލްތު ގޭމްސް ގައި ދިވެހި ފެތުންތެރިން މި ރެކޯރޑް އައުކޮށްފައިވަނީ 04.14.91 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ

ޤައުމީ ރެކޯރޑް އައުކުރި ދިވެހި ޓީމްގައި ހިމެނެނީ މުޙައްމަދު އާން ޙުސައިން، އައިޝަތު ސައުސަން، ހަމްނާ އަޙްމަދު އަދި މުބާލް އައްޒާމް އިބްރާޙީމެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައި ވަނީވެސް ހަމަ މިޓީމެވެ. އެއީ، މިއަހަރުގެ ޖޫންމަހު ބޭއްވުނު 19 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސްގައި 04.18.44 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.


Our sponsors & partners

  • Bank of Maldives