Skip to content
Share
National Records

ފަނަރަސަތޭކަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އީން އައުކޮށްފި

2 min read

een

އަންހެނުންގެ (ލޯންގ ކޯސް) 1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އީން އައްބާސް ޝަރީފް އައުކޮށްފިއެވެ. ސިންގަޕޫރުގައި މިހާރު ހިނގަމުންދާ 17 ވަނަ ސިންގަޕޯރ ނެޝަނަލް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އީން މި ރެކޯރޑް އައުކޮށްފައިވަނީ 22.32.83 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ 1 މިނިޓް، 59.01 ސިކުންތުގެ ކުރިއެރުމެކެވެ.

މި އިވެންޓް ދިވެހި ފެތުންތެރިއަކު އެންމެފުރަތަމަ ފަތާފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސްގައި އާމިނަތު ޝަޖަންއެވެ. އެމުބާރާތުގައި ޝަޖަން ރޭސް ފުރިހަމަކޮށްފައިވަނީ 24.31.84 އިންނެވެ.


Our sponsors & partners

  • Bank of Maldives