Skip to content
Share
National Records

ސަތޭކަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި

1 min read

sausan

އަންހެނުންގެ (ލޯންގ ކޯސް) 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އައިޝަތު ސައުސަން އައުކޮށްފިއެވެ. ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ސައުސަން މި ރެކޯރޑް އައުކޮށްފައިވަނީ 01.18.76 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީވެސް ސައުސަން އެވެ. އެއީ، 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 01.18.96 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


Our sponsors & partners

  • Bank of Maldives