Skip to content
Share
National Records

ފަންސާސް މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި

2 min read

rpt

sausan at the 13th south asian games

އަންހެނުންގެ (ޝޯރޓް ކޯސް) 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އައިޝަތު ސައުސަން އައުކޮށްފިއެވެ. ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ސައުސަން މި ރެކޯރޑް އައުކޮށްފައިވަނީ މި މުބާރާތުގެ 50 މީޓަރ ބެކްސްޓްރޯކް އިވެންޓު 00.33.89 އިން ފުރިހަމަ ކޮށްގެންނެވެ.

މިއީ ސައުސަން މިމުބާރާރުގައި އައުކުރި 2 ވަނަ ޤައުމީ ރެކޯރޑެވެ. މީގެ ކުރިން ސައުސަން މި މުބާރާތުގައި އައުކޮށްފައިވަނީ ބެކްސްޓްރޯކްގެ 200 މީޓަރު އިވެންޓުގެ ޤައުމީ ރެކޯރޑެވެ.

50 ބެކްސްޓްރޯކް އިވެންޓުގެ ޝޯރޓްކޯސް ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް ސައުސަން އެވެ. އެފަހަރު މިރެކޯރޑް އައުކޮށްފައިވަނީ 2017 ވަނަ އަހަރު ބޭއްވި 5 ވަނަ އޭޝިއަން އިންޑޯރ އެންޑް މާރޝަލް އާރޓްސް ގޭމްސް ގައި 00.34.02 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.