imaan at the 18th FINA World Swimming Championships
ފިރިހެނުންގެ (ލޯންގ ކޯސް) 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޢަލީ އިމްޢާން އައުކޮށްފިއެވެ. ކޮރެއާގައި މި ޖުލައި މަހުގެ 12 ން 28 ށް ކުރިއަށްދާ 18 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސް ގައި އިމްޢާން މި ރެކޯރޑް އައުކޮށްފައިވަނީ 02:33.23 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީ މުޙައްމަދު އާން ޙުސައިން އެވެ. މިރެކޯރޑް އާން އައުކޮށްފައިވަނީ މިހާރު ކުރިއަށްދާ 10 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި 02:43.71 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

