Skip to content
Share
National Records

ޝޯރޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އާން އައުކޮށްފި

2 min read

އަބޫ ދާބީ ގައި މިހާރު ކުރިއަށްދާ 15 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި މުޙައްމަދު ޢާން ޙުސައިން މެންސް 50 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ.

2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފިނާ ވޯރލްޑް ޗެމްޕިއަންޝިޕްސްގައި ނިޝްވާން އިބްރާޙީމް 00.25.73 އިން އިވެންޓް ފުރިހަމަކޮށް އައުކޮށްފައިވާ މި ޤައުމީ ރެކޯރޑް މިފަހަރު އާން އައުކޮށްފައިވަނީ 00.25.00 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ އުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫ ދާބީގައި މި މަހުގެ 16 އިން 21 އަށެވެ.


Our sponsors & partners

  • Bank of Maldives