Skip to content
Share
National Records

އަންހެނުންގެ ހަތަރެއް ގުނަ ސަތޭކަ މީޓަރ މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފި

2 min read

relay team women ioig 2023

މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި އަންހެނުންގެ ލޯންގކޯސް 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އިވެންޓު 05.15.09 އިން ފުރިހަމަކޮށް، ޤައުމީ ރެކޯރޑް އައުކޮށްފިއެވެ. މިޤައުމީ ރެކޯރޑް އައުކުރި ޓީމުގައި ހިމެނެނީ އާއިޝަތު ސައުސަން، ޒައިނަބް އަބްދުﷲ ޝަފީޤް، ޙަނާން ޙުސައިން ޙަލީމް އަދި މިރާލް އައިން ލަތީފް އެވެ.

މި ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 05.29.85 އިން ރޭސްނިންމައިގެންނެވެ. އެފަހަރު ޤައުމީ ރިކޯރޑް އައުކުރި ރިލޭ ޓީމުގައި ހިމެނުނީ އައިމިނަތު ޝަޖަން، އާއިޝަތު ސާޖިނާ، އާއިޝަތު ސައުސަން، އަދި އަންމާޢު އަޙްމަދު ސަލީމް އެވެ.

މިއީ މިމުބާރާތުގައި ދިވެހި ފެތުންތެރިން އައުކުރި 6 ވަނަ ޤައުމީ ރެކޯރޑެވެ.


Our sponsors & partners

  • Bank of Maldives