Skip to content
Share
National Records

ފަންސާސް މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އައުކޮށްފި

2 min read

aan

ފިރިހެނުންގެ (ލޯންގ ކޯސް) 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ. ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި އާން މި ރެކޯރޑް އައުކޮށްފައިވަނީ 00.29.57 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައި ވަނީ، 2019 ވަނަ 18 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސްގައި ޢަލީ އިމްޢާން، 00.30.86 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މިއީ މުބާރާތުގައި އާން އައުކުރި 2 ވަނަ ޤައުމީ ރެކޯރޑެވެ.


Our sponsors & partners

  • Bank of Maldives