Skip to content
Share
National Records

ފަންސާސް މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ތަޒްކިއާ އާކޮށްފި

1 min read

Amna Thazkiyah Mirsaad

އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ. ސްކޮޓްލަންޑްގެ ގްލާސްގޯގައި މިހާރު ކުރިޔަށްދާ 23 ވަނަ ކޮމަންވެލްތް ގޭމްސްގައި ތަޒްކިޔާ މި ރެކޯޑު އާކޮށްފައިވަނީ 00:31.55 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުންވެސް އާކޮށްފައިވަނީ ތަޒްކިޔާ އެވެ. އެއީ މިދިޔަ އަހަރު ބަޙްރައިން ގައި ބޭއްވުނު 3 ވަނަ އޭޝިއަން ޔޫތް ގޭމަސްގައި 00:32.57 އިން ރޭސް ނިންމައިގެންނެވެ.


Our sponsors & partners

  • Bank of Maldives