Skip to content
Share
National Records

އަންހެނުންގެ ދުއިސައްތަ މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

1 min read

Sarah Mohamed

އަންހެނުންގެ ޝޯޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސާރާ މުޙައްމަދު އާކޮށްފިއެވެ. ދުބާއީގައި މިހާރު ކުރިޔަށްދާ ހެމިލްޓަން އަކުއާޓިކްސް ވިންޓަރ ވޮންޑަރގައި ސާރާ މި ރެކޯޑު އާކޮށްފައިވަނީ 02:56.77 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ޙަމްނާ އަހްމަދެވެ. އެއީ، 2024 ވަނަ އަހަރު ހަންގޭރީގައި ބޭއްވި އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯޓް ޓްރެކް ޗެމްޕިއަންޝިޕްސް ގައި 200 މީޓަރު ބެކްސްޓްރޯކް އިވެންޓު 03:00.53 އިން ނިންމައިގެންނެވެ.


Our sponsors & partners

  • Bank of Maldives