Skip to content
Share
National Records

ހަތަރެއް ގުނަ ފަންސާސް މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑު އާކޮށްފި

2 min read

new lagoons team

ފިރިހެނުންގެ ޝޯޓްކޯސް 4 ގުނަ 50 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ. އަޒާން އަޒްމީލް ލަޠީފް، އިޒްޔާން ނާޒިމް، އިބްރާހީމް މަޢާދު ސާޖިދު އަދި ލޫތް މުހައްމަދު ހުސެއިން ހިމެނޭ ނިއުލެގޫންސް ސްވިމިންގ ކުލަބުގެ މި ޓީމުން މި ރެކޯޑު އާކޮށްފައިވަނީ ތައިލަންޑްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯރޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ބެންގްކޮކް 2025 ގައި 01:44.98 އިން ރޭސް ނިންމައިގެންނެވެ.

މިއިވެންޓު އެންމެ ފުރަތަމަ ފެތިކަމަށް ރެކޯޑު ކޮށްފައިވަނީ ހަމަ މި މުބާރާތުގެ 2024 ވަނަ އަހަރުގެ އެޑިޝަންގައެވެ. އިބްރާހީމް މަޢާދު ސާޖިދު، އިޒްޔާން ނާޒިމް، ލޫތް މުހައްމަދު ހުސެއިން އަދި މުޙައްމަދު ހަމީމް އިބްރާޙިމް ޚަލީލު ހިމެނުނު ޓީމުން މި ރިލޭ އިވެންޓު އެފަހަރު ނިންމާފައިވަނީ 01:47.58 އިން ނެވެ.


Our sponsors & partners

  • Bank of Maldives