Skip to content
Share
National Records

ދުއިސައްތަ މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިޒްޔާން އާކޮށްފި

2 min read

Ifzaal

ލޯންގކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އިޒްޔާން ނާޒިމް އާކޮށްފިއެވެ. މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އިޒްޔާން މި ޤައުމީ ރެކޯޑު އާކޮށްފައިވަނީ 02:45.21 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ އިފްޟާލް އިބްރާހީމް މަޙްފޫޠް އެވެ. ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި މިދިޔަ އަހަރު ބޭއްވުނު 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި އިފްޟާލް މި އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 02:45.81 އިން ރޭސް ނިންމައިގެންނެވެ.


Our sponsors & partners

  • Bank of Maldives