Skip to content
Share
National Records

ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި

2 min read

meral

އަންހެނުންގެ ލޯންގް ކޯސް ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް ޢައިން ލަތީފް އާކޮށްފިއެވެ. މިރާލް މި ރެކޯޑު އާކޮށްފައިވަނީ މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 05:57.86 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުންވެސް އާކޮށްފައިވަނީ މިރާލް އެވެ. އެއީ، މިދިޔަ އަހަރު ޔޫކޭގައި ބޭއްވުނު ޑެވޮން ކައުންޓީ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް 2024 ގައި 06:09.10 އިން އިވެންޓު ނިންމައިގެންނެވެ.