Skip to content
Share
National Records

ހަތަރެއް ގުނަ ސަތޭކަ މީޓަރ މެޑްލޭ މިކްސްޑް ރިލޭގެ ޤައުމީ ރެކޯޑު އާކޮށްފި

2 min read

team maldives

ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ލޯންގކޯސް ޤައުމީ ރެކޯރޑް އާކޮށްފިއެވެ. ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ދިވެހި ޓީމު މިރެކޯރޑް އާކޮށްފައިވަނީ 04:40.23 އިން ރޭސް ނިންމައިގެންނެވެ. މިރޭހުގައި ވާދަކުރި ދިވެހި ޓީމުގައި ހިމެނެނީ، އަމްނާ ތަޒްކިޔާ މިރުޞާދު, މުޙައްމަދު އާން ޙުސައިން, މުޙައްމަދު ރިޙާން ޝިހާމް އަދި މިރާލް ޢައިން ލަތީފް އެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 04:41.83 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. އެފަހަރުގެ ދިވެހި ޓީމުގައި ހިމެނުނީ، ހަމްނާ އަޙްމަދު، މުބާލް ޢައްޒާމް އިބްރާޙީމް، މުޙައްމަދު ރިހާން ޝިހާމް އަދި އައިޝަތު އުލްޔާ ޝާއިޤް އެވެ.


Our sponsors & partners

  • Bank of Maldives