meral
އަންހެނުންގެ ޝޯޓްކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އާކޮށްފިއެވެ. ޔޫކޭ ގައި ކުރިއަށްދިޔަ އޭޕީ ރޭސް: ޕްލިމަތް ސަމަރ އޯޕަން 2025 މިރާލް މި ޤައުމީ ރެކޯޑު އާކޮށްފައިވަނީ 00:31.14 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މިރޭހުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ވެސް މިރާލްއެވެ. އެއީ މިދިޔައަހަރު ތައިލަންޑުގައި ބޭއްވި އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 މުބާރާތުގައި 00:31.41 އިން ރޭސް ނިންމައިގެންނެވެ. މި މުބާރާތުގައި މިރާލްވަނީ ޖުމަލް 3 ޝޯރޓްކޯސް ޤައުމީ ރެކޯރޑު އާކޮށްފައެވެ.

