Skip to content
Share
National Records

ފަންސާސް މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ޙަމްނާ އާކޮށްފި

1 min read

hamna

އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޙަމްނާ އަޙްމަދު އާކޮށްފިއެވެ. ހަމްނާ މިރެކޯޑު އާކޮށްފައިވަނީ ހަންގޭރީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގެ 100 މީޓަރ ބްރެސްޓްސްޓްރޯކު އިވެންޓުގެ ފުރަތަމަ 50 މީޓަރު 00:36.84 އިން ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީވެސް ޙަމްނާ އެވެ. އެއީ، ހަމަ މިއަހަރު ހަންގޭރީގައި ބޭއްވުނު ހާޖޮސް އަލްފްރެޑް ކުޕާ 3 ގައި 00:37.13 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


Our sponsors & partners

  • Bank of Maldives