Skip to content
Share
National Records

ދުއިސައްތަ މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިޒްޔާން އާކޮށްފި

2 min read

izyan

ފިރިހެނުންގެ ޝޯރޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިޒްޔާން ނާޒިމް އާކޮށްފިއެވެ. ތައިލަންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި އިޒްޔާން މިރެކޯރޑް އާކޮށްފައިވަނީ 02.37.35 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ ޙަސަން އަޝްރަފް އެވެ. އެއީ، 2012 ވަނަ އަހަރު ބޭއްވުނު 11 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 02.40.57 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


Our sponsors & partners

  • Bank of Maldives