Skip to content
Share
National Records

ހަތަރުސަތޭކަ މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި

2 min read

mubal

ފިރިހެނުންގެ (ލޯންގ ކޯސް) 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފިއެވެ. ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި މުބާލް މި ރެކޯރޑް އައުކޮށްފައިވަނީ 05.14.91 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީވެސް މުބާލް އެވެ. އެއީ، 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައެވެ. އެ މުބާރާތުގައި 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓް މުބާލް ފުރިހަމަކޮށްފައިވަނީ 05.35.41 އިންނެވެ. މިއީ 20.50 ސިކުންތުގެ ކުރިއެރުމެކެވެ.


Our sponsors & partners

  • Bank of Maldives