Skip to content
Share
National Records

ހަތަރުސަތޭކަ މީޓަރ މެޑްލޭގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި

2 min read

mubal

16 ވަނަ ފީނާ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ފިރިހެނުންގެ (ޝޯރޓްކޯސް) 400 މީޓަރ މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފިއެވެ. މުބާލް މި ރެކޯރޑް އައުކޮށްފައިވަނީ، 05.00.64 އިން އިވެންޓް ނިންމައިގެންނެވެ.

މިއީ މި މުބާރާތުގައި މުބާލް އައުކުރި 2 ވަނަ ޤައުމީ ރެކޯރޑެވެ. މީގެ އިތުރުން މުބާލް ވަނީ މި މުބާރާތުގައި 4 ގުނަ 50 މީޓަރ މިކްސްޑް މެޑްލޭ ރިލޭގެ އިވެންޓްގެ ޤައުމީ ރެކޯރޑް އައުކުރި ޓީމުގައިވެސް ހިމެނިފައެވެ.

ޝޯރޓްކޯސް، ފިރިހެނުންގެ 400 މީޓަރ މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2021 ވަނަ އަހަރު ބޭއްވުނު ފީނާ ސްވިމިންގ ވޯރލްޑް ކަޕްގެ 4 ވަނަ ލެގްގައި ޢަލީ އިމްޢާން އެވެ. އެއީ 05.06.64 އިން އިވެންޓް ފުރިހަމަކޮށްގެނެވެ.


Our sponsors & partners

  • Bank of Maldives