aan
ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އާކޮށްފިއެވެ. މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި އާން މި ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 00.54.46 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
އާން ވަނީ މިއިވެންޓުން ފައިނަލް ސީ އަށްވެސް ދަތުރު ކޮށްފައެވެ. ފައިނަލްގައި އާންގެ ރޭހުގެ ވަގުތަކީ 00.54.75 އެވެ.
100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް އާން އެވެ. އެއީ، މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައެވެ. އާން އެފަހަރު ޤައުމީ ރެކޯޑު އާކޮށްފައިވަނީ 00.55.11 އިންނެވެ.

