Skip to content
Share
National Records

ޝޯރޓްކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އަދި 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ހަމްނާ އާކޮށްފި

2 min read

hamna (photo by moc/nausham)

ހަންގޭރީގައި ކުރިއަށްދިޔަ އެޤައުމުގެ ޤައުމީ ޝޯރޓްކޯސް ޗެމްޕިއަންޝިޕްސް (XIX. Országos Rövidpályás Bajnokság) ގައި އަންހެނުންގެ ޝޯރޓްކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އަދި 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޙަމްނާ އަޙްމަދު އާކޮށްފިއެވެ. ހަމްނާ 200 މީޓަރ އިންޑިވިޖުއަލް މެޑްލޭގެ ރެކޯރޑް އާކޮށްފައިވަނީ 02.55.12 އިން އަދި 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 00.37.88 އިން ރޭސްނިންމައިގެންނެވެ.

50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 00.38.53 އިން ރޭސްނިންމައިގެން އާއިޝަތު ސާޖިނާ އެވެ. އަދި 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ 02.57.23 އިން ރޭސްނިންމައިގެން އައިޝަތު ސައުސަންއެވެ. އެއީ، 2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައެވެ.


Our sponsors & partners

  • Bank of Maldives