Skip to content
Share
National Records

ހަތަރެއްގުނަ 100 މީޓަރ މިކްސްޑް މެޑްލޭ ރިލޭ އިވްނެޓުގެ ޤައުމީ ރެކޯރޑް އައުކޮށްފި

2 min read

team – asian games 2023

ޗައިނާގެ ހަންގޖޯ ގައި ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި ފިރިހެނުންގެ ލޯންގކޯސް 4 ގުނަ 100 މީޓަރ މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ. 04.48.51 އިން މި އިވެންޓު ނިންމި ޓީމުގައި ހިމެނެނީ، މުބާލް އައްޒާމް އިބްރާޙީމް، އިމްޢާން އަލީ، ހަމްނާ އަޙްމަދު އަދި ޙަނާން ޙުސައިން ޙަލީމް އެވެ.

މި ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ، މިއަހަރު ބޭއްވުނު ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 04.50.64 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. އެފަހަރުގެ ޓީމުގައި ހިމެނުނީ އިމްޢާން އަލީ، ހަމްނާ އަޙްމަދު އަދި މުޙައްމަދު ރިޙާން ޝިހާމް އަދި މިރާލް ޢައިން ލަތީފް އެވެ.


Our sponsors & partners

  • Bank of Maldives