Skip to content
Share
National Records

ފިރިހެނުންގެ ހަތަރެއް ގުނަ 100 މީޓަރފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައުކޮށްފި

2 min read

relay team men

ޗައިނާގެ ހަންގޖޯ ގައި ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި ފިރިހެނުންގެ ލޯންގކޯސް 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ 03.57.16 އިން ނިންމައި ޤައުމީ ރެކޯރޑް އާކޮށްފިއެވެ. މިޤައުމީ ރެކޯރޑް އާކުރި ޓީމުގައި ހިމެނެނީ މުޙައްމަދު ރިޙާން ޝިހާމް، މުބާލް ޢައްޒާމް އިބްރާޙީމް، އިމްޢާން ޢަލީ އަދި އަޙްމަދު ނީޤް ނިޔާޒެވެ.

މި ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ނިމިދިޔަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި 03.58.33 އިން ރޭސް ނިންމައިގެންނެވެ. އެފަހަރު ޤައުމީ ރެކޯރޑް އާކުރި ދިވެހި ޓީމުގައި ހިމެނުނީ މުޙައްމަދު ރިޙާން ޝިހާމް، މުބާލް ޢައްޒާމް އިބްރާޙީމް، އިމްޢާން ޢަލީ އަދި މުޙައްމަދު އާން ޙުސައިންއެވެ.


Our sponsors & partners

  • Bank of Maldives