Skip to content
Share
News & Media

ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންގެ އޮފިޝަލް ކިޓް އިފްތިތާހުކޮށްފި.

2 min read

ދިވެހިރާއްޖޭގެ ޤައުމީ ފެތުމުގެ ސްކޮޑްތަކުގެ ފެތުންތެރިން ގެ އޮފިޝަލް ކިޓް އިފްތިތާހުކޮށްފިއެވެ. ފެތުންތެރިންގެ ކިޓް އިފްތިތާހުކޮށްފައިވަނީ މިއަދު ނަންބަރ.5 ގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް، މުޙައްމަދު މަލީޙް ޖަމާލެވެ.

ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންގެ ކިޓް 2015 އަދި 2016 ވަނަ އަހަރަށް ސްޕޮންސަރކޮށްފައި ވަނީ ސޮނީ ސްޕޯރޓްސްގެ ފަރާތުން ރާއްޖޭގައި ޑިސްޓްރިބިއުޓްކޮށް މާރކެޓްކުރަމުންދާ އެރީނާ ބްރޭންޑް ގެ ފަރާތުންނެވެ.

އެރީނާ އަކީ، ސްވިމިންގ ގިއަރ އުފެއްދުމަށް މިހާރު އެންމެ ކުރީ ސަފުގައި ގުނާލެވޭ ޔޫރަޕިއަން ބްރޭންޑެކެވެ. އަދި ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކުގެ ޖަމުއިއްޔާ، ފީނާގެ އޮފިޝަލް ސްޕޮންސަރ އަދި ޓެކްނިކަލް ޕާރޓްނަރ އެއްގެގޮތުގައި 2014 ން 2019 އަށް ހަމަޖައްސާފައިވަނީވެސް އެރީނާއެވެ.

Arena Kit 2015 - 2016 - 02

Arena Kit 2015 - 2016 - 04

Arena Kit 2015 - 2016 - 03

Arena Kit 2015 - 2016 - 01


National Swimming Squads are Sponsored by:

Sponsor - Arena Banner