Discover Program
ބަައިނަލްއަގުވާމީ ފެތުމުގެ ޖަމިއްޔާ ވޯލްޑް އެކުއަޓކްސް އިން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޑިސްކަވަރ ވޯޓަރ ސަޓިފިކޭޝަން ކޯހަކީ ފަތަން ދަސްކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ޚާއްސަ ތަމުރީނުތަކެއް ދިނުމަށް ވޯލްޑް އެކުއަޓިކްސް އިން ހިންގަން ހަމަޖެހިފައިވާ ކޯހެކެވެ.
ޑިސްކަވަރ ވޯޓަރ ސަޓިފިކެޝަން ކޯސް ހިންގަން ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު 14 ން 17 އަށް ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައެވެ. މިކޯހަކީ ފުލްޓައިމް ކޯހެއްކަމުން ކޯހުގެ ގަޑިތައް ހެނދުނު، މެންދުރުފަހު އަދި ހަވީރު އޮންނާނެއެވެ. ކޯހުގެ ކިޔެވުން ކުރިޔަށްދާއިރު ދަރިވަރުންނަށް ދަސްކޮށްދިނުމުގެ ކުލާސްތައް ކުރިޔަށް ދާނެއެވެ. މިކުލާސްތައް ކުރިޔަށް ގެންދާނީ ކޯހުގެ ބައިވެރިންނެވެ.
ޑިސްކަވަރ ވޯޓަރ ސަޓިފިކޭޝަން ކޯހުގައި ބައިވެރިކުރަން ހަމަޖެހިފައިވަނީ 20 މީހުންނެވެ. މި 20 މީހުން ހޮވުމުގައި އިސްކަންދޭނީ އަންނަނިވި ކަންކަމަށެވެ. މިކޯހުގައި ބައިވެރިވުމަށް ހަނިމާދޫ އަށް ދިއުމުގެ ދަތުރުފަތުރު އަދި ހަނިމާދޫގައި ހުރުމާއި ކެއުމުގެ ޚަރަދު ހަމަޖައްސާނީ އެބައިވެރިއަކު އަމިއްލަ އަށެވެ.
1. ދިވެހި ރައްޔިތަކަށް ވުން
2. އުމުރުން 18 އަހަރުން މަތީގެ މީހަކަށް ވުން
3. ފަތަން ދަސްކޮށްދިނުމުގެ މަސައްކަތުގައި ނުވަތަ ފެތުމުގެ ކޯޗިންގައި ހަރަކާތްތެރިވާ މީހަކަށްވުން
4. އިނގިރޭސިބަހުން ފަރިތަކަމާއެކު ވާހަކަދައްކައި ލިޔެކިޔަން އެނގުން
5. މޫދުގައި ހިންގާ މިފަދަ ކޯހެއް ފުރިހަމަކުރުމަށް އެކަށޭނަ ސިއްހަތެއްގައި ހުރި މީހަކަށްވުން
ވީމާ ޑިސްކަވަރ ވޯޓަރ ސަޓިފިކޭޝަން ކޯހުގައި ބައިވެރިވާން ބޭނުނވާ ފަރާތްތަކުން އެކަމަށް ތައްޔާރުކޮށްފައިވާ ގޫގްލް ފޯމު ފުރިހަމަކުރައްވައި 2026 އޮކުޓޫބަރު 10 ވާ ހޮނިހިރު ދުވަހު 18:00 ގެ ކުރިން ސަބްމިޓް ކުރެވުން އެދެމެވެ.

