Skip to content
Share
News & Media

ސްޕޯރޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން މާލެ އާއި އައްޑޫގައި ޤާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ސްވިމިންގ ޕްލެޓްފޯރމްގެ މަސައްކަތަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފި

3 min read

ސްޕޯރޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން މާލެ އާއި އައްޑޫ ސިޓީ ގައި ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ސްވިމިންގ ޕްލެޓްފޯރމްގެ މަސައްކަތަށް ބޭނުންވާ ތަކެތި މާލެ ގެނެސް އެޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް މިއެސޯސިއޭޝަނުގެ ފަރާތުން މިހާރު ދަނީ ކުރަމުންނެވެ.

މާލޭގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ސްވިމިންގ ޕްލެޓްފޯރމް އެޅުމަށް ހަމަޖެހިފައިވަނީ މާލޭ އިރު ދެކުނު ފަރާތު ސްވިމިންގ ޓްރެކް ސަރަޙައްދުގައި، މިހާރުވެސް ސްވިމިންގ ޕްލެޓްފޯރމް އަޅާފައިވާ ސަރަަޙައްދުގައެވެ. އަދި މިހާރު މާލޭގައި ބޭނުންކުރަމުންގެންދާ ޕްލެޓްފޯރމް މަރާމާތުކުރުމަށް ފަހު ރާއްޖޭގެ އެހެން ސަރަޙައްދެއްގައި އެޅުމުގެ މަސައްކަތް މިއެސޯސިއޭޝަނުގެ ފަރާތުން ކުރަމުންގެންދާނެއެވެ.

މި ޕްރޮޖެކްޓް ދަށުން އައްޑޫ ސިޓީގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ސްވިމިންގ ޕްލެޓްފޯރމަށް ބޭނުވާތަކެތި މިހާރު ވަނީ އައްޑޫއަށް ދިޔުމުގެ މަގުމަތީގައެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ ޚަރަދުގައި އައްޑޫގެ އެހެން ދެ ސަރަޙައްދެއްގައި ޤާއިމްކުރުމަށް ގެނެސްފައިވާ 2 ސްވިމިންގ ޕްލެޓްފޯމްވެސް ވަނީ މިތަކެއްޗާއި އެކު ރާއްޖެގެނެސް، އައްޑޫ ސިޓީއަށް ދިޔުމުގެ މަގުމަތީގައެވެ.