Skip to content
Share
Trainings

ނޭޕާލްގައި ބާއްވާ 3 ދުވަހުގެ ޓްރެއިނިންގ ކޭމްޕަކަށް ސަޖަން އަދި ސާޖިނާ ފުރައިފި

3 min read

photo by: images.mv

cover photo by: Mohamed Ahsan (images.mv)

National Squads are Sponsored by:

Sponsor - Arena Banner


ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 3 ދުވަހުގެ ޓްރެއިނިންގ ކޭމްޕަކަށް އައިމިނަތު ސަޖަން އަދި އާއިޝަތު ސާޖިނާ ފުރައިފިއެވެ. މި ދެފެތުންތެރިން މިކޭމްޕަށް ފުރާފައިވަނީ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމަށްފަހު ސީދާ އިންޑިއާގެ ގްވަހަތީންނެވެ. މި ކޭމްޕްގައި މިދެފެތުންތެރިން މިހާރު ފަރިތަކުރަމުންދާ ތައިލެންޑްގެ ހައި ޕްރޮފޮރމަންސް ޓްރެއިނިންގ ސެންޓަރގެ އެސިސްޓަންޓް ކޯޗުގެ އިތުރުން ސައުތު އޭޝިއާ ސަރަޙައްދުން މި ޓްރެއިނިންގ ސެންޓަރގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންގެންދާ ބައެއް ފެތުންތެރިން ބައިވެރިވާނެއެވެ.

މިކޭމްޕް ނިންމުމަށްފަހު ނޭޕާލުން މިދެފެތުންތެރިން ގެ ތަމްރީންތައް ފުރިހަމަކުރުމަށް އެނބުރިދާނީ ތައިލެންޑަށެވެ.

ސަޖަން އަދި ސާޖިނާ ވަނީ 12 ވަނަ ސައުތު އޭޝިއަން ގޭމްސް 2016 ގައި ރަނގަޅު ޕްރޮފޮރމަންސްއެއް ދައްކާފައެވެ. ސަޖަން އަދި ސާޖިނާ، މިއިން ކޮންމެ ފެތުންތެރިއެއް ވަނީ 3 ޤައުމީ ރެކޯރޑެއް އާކޮށްފައެވެ. އަދި، ޓީމް ރިލޭ އިވެންޓުން ދިވެހިރާއްޖޭގެ 3 ޤައުމީ ރެކޯރޑެއް އާކުރުމުގައި މިދެފެތުންތެރިންގެ ޙިއްސާ ބޮޑެވެ. މީގެ އިތުރުން ސަޖަން ވަނީ މިމުބާރާތުގައި ރާއްޖެއަށް ބްރޯންޒް މެޑަލްއެއްވެސް ހޯދައިދީފައެވެ. މިއީ މިމުބާރާތުގައި ރާއްޖެއަށްލިބުނު ފުރަތަމަ މެޑަލްއެވެ.

Our sponsors & partners

  • Bank of Maldives