Lecture Hall
އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ފަރާތުން ދެކުނު ކޮރެއާގެ ކޫކްމިން ޔުނިވަރިސިޓީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ތިރީގައި ދަންނަވާފައިވާ މާސްޓަރސް ޕްރޮގްރާމްއަށް ނަން ހުށެހެޅުމުގެ ފުރުޞަތު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ އެކޮމިޓީގެ މެންބަރުންނަށް ހުޅުވާލާފައެވެ.
މަޢުލޫމާތު:
- ދާއިރާ: މާސްޓަރސް އޮފް ޕަބްލިކް ޕޮލިސީ ނުވަތަ މާސްޓަރސް އޮފް އީ.އެސް.ޖީ (އެންވަޔަރަމަންޓް، ސޯޝަލް އެންޑް ގަވަރނަންސް) މެނޭޖްމަންޓް
- ތާރީޚް: 2026 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން، 2027 ވަނައަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް.
- ޔުނިވަރސިޓީ: ކޫކްމިން ޔުނިވަރިސިޓީ، ދެކުނު ކޮރެއާ
- ކިޔަވާދޭ ބަސް: އިނިގިރޭސި
- ކޯހުގެ ފީ: ހިލޭ (ޓިއުޝަންފީ، އެކޮމަޑޭޝަން، ދެކޮޅު ޓިކެޓް، ހެލްތު އިންޝިއުރަންސް ހިމެނޭ ގޮތަށް)
ޝަރުޠު:
- އޭޝިއަން ގޭމްސްގެ ކޮންމެވެސް އެއް އެޑިޝަންއެއްގައި ދިވެހިރާއްޖެ ތަމްޞީލުކޮށްފައިވާ ކުޅުންތެރިއަކަށްވުން.
- ޔުނިވަރސިޓީއިން ޤަބޫލުކުރާފެންވަރުގެ ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.
- އިނގިރޭސި ބަހުން ލިޔަންކިޔަން ރަނގަޅަށް އިނގުން.
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯރޓްގެ ކުލަ ސްކޭން ކޮޕީ
- ބެޗްލަރސް ޑިގްރީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓް
- އިނގިރޭސި، މިމާއްދާގެ އޯލެވެލް ނުވަތަ އޭލެވެލް ނުވަތަ އިނގިރޭސި ލޭންގުއޭޖް ސެޓްފިކެޓްތަކުގެ ސްކޭން
- ހުށަހަޅާފަރާތުގެ ވަނަވަރާއި، ވަނަވަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ސަޕޯޓިންގ ޑޮކިއުމަންޓް ތަކުގެ ސްކޭން
ވީމާ، މިފުރުޞަތަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 9 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައިދަންނަވާފައިވާ ތަކެތި، sharif@swimming.org.mv އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

