Skip to content
Share
Announcements

ނިޕޯން ޕެއިންޓް ސްކޫލްކުދިންގެ 13 ވަނަ ފެތުމުގެ މުބާރާތް 2015 ލަސްކުރުން

2 min read

މިއެސޯސިއޭޝަނުގެ ފަރާތުން 2015 ވަނަ އަހަރުގެ އެޕްރީލް 11 ން 18 އަށް ބޭއްވުމަށް ތާވަލްކުރެވިފައިވާ ނިޕޯން ޕެއިންޓް ސްކޫލްކުދިންގެ 13 ވަނަ ފެތުމުގެ މުބާރާތް ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚް ލަސްކުރުމަށް މިއެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. މިމުބާރާތް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 2015 ވަނަ އަހަރުގެ އޮގަސްޓް 28 ން 05 ސެޕްޓެމްބަރ އަށެވެ.

މިގޮތަށް ނިންމީ، ކުރިން މިމުބާރާތް ބޭއްވުމަށް ކަނޑައަޅާފައިވާ ދުވަސްވަރަކީ ސްކޫލްކުދިންނަށް ރާއްވަވާފައިވާ ގިނަ ޚަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާ ދުވަސްވަރަކަށްވުމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދުމުގެ މަތީން ސްކޫލްތަކާއި މަޝްވަރާ ކުރުމަށްފަހު، އެއް ޚަރަކާތް އަނެއް ޚަރަކާތާއި ވީހާވެސް ބޮޑަށް ފުށުއެރުން ކުޑަކުރުމުގެ ގޮތުންނެވެ.

މިއަހަރުގެ ސްކޫލްކުދިންގެ ފެތުމުގެ މުބާރާތް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ފަރާތުން ރާއްޖޭގައި މާރކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންގެންދާ ނިޕޯން ޕެއިންޓް އިންނެވެ.

01 މާރޗް 2015


Sponsored By:

Sponsor - Nippon Banner

Distributed in Maldives by:
Sponsor - STO Banner - New Logo