Skip to content
Share
Announcements

ނިޕޯން ޕެއިންޓް ސްކޫލްކުދިންގެ 13 ވަނަ ފެތުމުގެ މުބާރާތް ބާއްވާ ތާރީޚް ލަސްކުރުން.

3 min read


މިއެސޯސިއޭޝަނުގެ ފަރާތުން ބާއްވާ ނިޕޯން ޕެއިންޓް ސްކޫލްކުދިންގެ 13 ވަނަ ފެތުމުގެ މުބާރާތް ބާއްވާ ތާރީޚް ލަސްކޮށް، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 10 ން 18 ބޭއްވުމަށް ވަނީ ތާވަލްކުރެވިފައެވެ.

މިމުބާރާތުގެ ޤަވައިދު އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް މިއެސޯސިއޭޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

މިމުބާރާތުގައި ބައިވެރިވާ ސްކޫލްތަކުން ފޯރމް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރިޚަކީ އޮގަސްޓް 27 ވާ ބުރާސްފަތި ދުވަހުގެ 15:00 އެވެ. ސުންގަޑިއަށް ކޮންމެ ސްކޫލަކުންވެސް ފޯމާއިއެކު ހުށަހަޅުއްވަންޖެހޭ ހުރިހާ ލިޔެކިޔުމެއް އަދި ސޮފްޓްކޮޕީތައް ފުރިހަމަކޮށް، މިއެސޯސިއޭޝަނަށް ހުށަހަޅަންވާނެއެވެ.

ވީމާ، ދިވެހިރާއްޖޭގައި ހިންގަމުންދާ ހުރިހާ ސްކޫލް މަދަރުސާތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

މިއަހަރުގެ ސްކޫލްކުދިންގެ ފެތުމުގެ މުބާރާތް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ފަރާތުން ރާއްޖޭގައި މާރކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންގެންދާ ނިޕޯން ޕެއިންޓް އިންނެވެ.

 

Application Form and Competition Rules: Download Link (.zip)

 


Sponsored by:

Sponsor - Nippon Banner