Skip to content
Share
News & Media

ނަފްހާ އިންޓަރނޭޝަނަލް ކޯޗިންގ ކޯރސް ފުރިހަމަކޮށްފި

2 min read

ހަންގޭރީގެ ޔުނިވަރސިޓީ އޮފް ފިޒިކަލް އެޑިއުކޭޝަން އިން މިއަހަރުގެ މާރޗް މަހުން ޖޫން މަހުގެ ނިޔަލަށް ހިންގި އިންޓަރނޭޝަނަލް ކޯޗިންގ ކޯރސް ޑިޕްލޮމާ، ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކޯޗު މަރިޔަމް ނަފްހާ ޢަލީ ފުރިހަމަކޮށްފިއެވެ.

މި ކޯހުގައި ބައިވެރިވުމަށް ނަފްހާއަށް ފުރުޞަތުލިބުނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުޅުވާލި ފުރުޞަތުގައި ސްޕޯރޓްސް އެސޯސިއޭޝަންތަކުން ހުށަހެޅި ފަރާތްތަކާއި ވާދަކޮށެވެ. މިކޯހަކީ، އޮލިމްޕިކް ސޮލިޑާރިޓީގެ އެހީތެރިކަމާއިއެކު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުޅުވާލި ފުރުޞަތެކެވެ.

ނަފްއާއަކީ މީގެ ކުރިން ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ވާދަކޮށްފައިވާ، އެކި އެކި އިވެންޓްތަކުން ޤައުމީ ރިކޯރޑް ޤާއިމްކޮށްފައިވާ ފެތުންތެރިއެކެވެ. ނަފްހާ ކޯޗިންގ ފީލްޑަށް ނިކުމެފައިވަނީ މިއަހަރުއެވެ.

ނަފްހާއަކީ ދިވެހިރާއްޖެއިން މިކޯސް ފުރިހަމަކުރި ފުރަތަމަ އަންހެން ކޯޗުވެސްމެއެވެ.

Naffa - Hugrary Diploma - Group