Skip to content
Share
Announcements

09 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ޔޫތް ކޭމްޕަށް މުބާލް

2 min read

mubal 201409 ވަނަ އިންޑިއަން އޯޝަން އައިލެޑް ގޭމްސް ޔޫތު ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ޤައުމީ ސީނިއަރ ސްވިމިންގ ސްކޮޑްގެ ފެތުންތެރިޔާ، މުބާލް އައްޒާމް އިބްރާޙިމްއަށް ލިބިއްޖެއެވެ. މިފުރުޞަތު މުބާލްއަށް އަށް ލިބިފައިވަނީ މިފަހަރު އިންޑިއަން އައިލެންޑް އޯޝަން ގޭމްސްގައި ބައިވެރިވާ އެސޯސިއޭޝަންތަކުން ހުށަހެޅި 14 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޅުންތެރިންގެ ތެރެއިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން މި ކޭމްޕްގައި ބައިވެރިވުމަށް ހޮވާލެވުނު ކުޅުންތެރިންގެތެރޭގައި ހިމެނިގެންނެވެ.

މި ކޭމްޕް އޮންނާނީ މިއަހަރުގެ އޮގްސްޓް މަހުގެ 1 ން 9 ގެ ނިޔަލަށް، ރީޔޫނިއަން ގައެވެ.


National Swimming Squads Sponsored by:

Sponsor - Arena Banner