Skip to content
Share
Announcements

2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އާއި ގުޅޭ ބައެއް ކަންކަމުގެ ސުންގަޑި ބަދަލުކުރުން.

2 min read

2014 ވަނަ އަހަރުގެ އަހަރީ ރިޕޯޓަށާއި 2013 ވަނަ އަހަރުގެ އަހަރީ ޖަލްސާގެ ޔައުމިއްޔާއަށް ގެންނަން ފެންނަ އިސްލާޙެއް ހުށަހެޅުމަށާއި، އަސާސީ ޤަވައިދަށް އިސްލާހެއް ހުށަހެޅުއްވުމަށް ބޭނުންފުޅުވާ މެންބަރުން އެފަދަ އިސްލާޙުތައް 2015 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހުގެ 15:00 ގެ ކުރިން ލިޔުމަކުން އެސޯސިއޭޝަނަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި، އެސޯސިއޭޝަނުގެ މެންބަރުންގެ ތެރެއިން މިހާތަނަށް އަހަރީ ފީ ދައްކާފައިނުވާ މެންބަރުންނަށް 2015 ވަނަ އަހަރުގެ ފެބްރުއަރީ 2 ވާ ހޯމަދުވަހުގެ 12:00 އާއި ހަމައަށް އަހަރީ ފީ ދެއްކުމުގެ ފުރުޞަަތު އޮތްވާހަކަ ދަންނަވަމެވެ.

2015 ވަނަ އަހަރަށް އަހަރީ ފީ ނުދައްކާ މެންބަރުންނަށް 2015 ވަނަ އަހަރުގެ އަހަރީ އާންމުޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެކަމަށް އެސޯސިއޭޝަނުގެ އަސާސީ ޤަވައިދުގައި ބަޔާންކޮށްފައިވާތީ، އެވާހަކަވެސް މެންބަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ލިންކް: އަހަރީ އާންމު ޖަލްސާގެ ޢިއުލާން އާއި ލިޔުންތައް

31 ޖެނުއަރީ 2015