Skip to content
Share
Announcements

މަކީޓާ, ޤައުމީ ފެތުމުގެ 40 ވަނަ މުބާރާތުގައި ޙާއްސައެހީއަށް ބޭނުންވާ ފަރާތްތަކުން ބައިވެރިވުމުގެ ސުންގަޑި އިތުރުކުރުން.

3 min read


މިއެސޯސިއޭޝަނުގެ ފަރާތުން ނޮވެމްބަރ މަހުގެ 29 ން 05 ޑިސެމްބަރ އަށް ބޭއްވުމަށް ތާވަލްކޮށްފައިވާ މަކީޓާ، ޤައުމީ ފެތުމުގެ 40 ވަނަ މުބާރާތުގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޙާއްސަކޮށްގެން ބޭއްވުމަށް ހަމަޖެއްސި ކެޓަރީގައި އެއްވެސް ފެތުންތެރިއަކު ބައިވެރިވެފައި ނުވާތީވެ، ހަމައެކަނި މިކެޓަގަރީގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، ޙާއްސައެހީއަށް ބޭނުންވާފަރާތްތަކުގެ ތެރެއިން މިމުބާރާތުގައި ބައިވެރިވާން އެދޭފަރާތްތަކުން ނޮވެމްބަރ 24 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަކުރެއްވުމަށްފަހު މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ބައިވެރިވުމަށް އެދޭފޯރމް: ފޯރމް ޑައުންލޯޑްކުރެއްވުމަށް

ފޯރމާއިއެކު ހުށަހަޅަންޖެހޭ ތަކެތި: އެބޭފުޅެއްގެ އައިޑެންޓިޓީ ކާރޑްގެ ކޮޕީ އަދި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޫކޮށްފައިވާ ރަސްމީލިޔުމެއް ނުވަތަ ކާރޑުގެ ކޮޕީ.

މުބާރާތުގެ އިތުރު މަޢުލޫމާތު: މަކީޓާ، ޤައުމީ ފެތުމުގެ 40 ވަނަ މުބާރާތް

މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނުން ރާއްޖޭގައި ޑިސްޓްރިބިއުޓްކޮށް މާކެޓްކުރަމުންދާ މަކީޓާ އެވެ.

މުބާރާތުގެ ނަން: މަކީޓާ، ޤައުމީ ފެތުމުގެ 40 ވަނަ މުބާރާތް.
Makita 40th National Swimming Competition

މުބާރާތް ބާއްވާ ތަން: މާލޭ ސްވިމިންގ ޓްރެކް

މުބާރާތް ބާއްވާ ތާރީޚް: ނޮވެމްބަރ 29 ން 5 ޑިސެމްބަރ 2015ގެ ނިޔަލަށް.

މުބާރާތުގެ ޤަވައިދު: j.mp/makita40natrules

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް: j.mp/40natswimcform


Main Sponsor:

Makita