Skip to content
Share
Announcements

މަރާމާތުތަކަށްފަހު ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކް ހުޅުވުން

2 min read

photo: platforms being repaired by mndf and association staff

ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކަށް ޖަމާވެފައިވާ ފަސްތައް ނަގައި އެސަރަޙައްދު ފުންކުރުމުގެ މަސައްކަތް ނިންމައި، އެސަރަޙައްދުގައި ގާއިމްކޮށްފައިވާ ސްވިމިންގ ޕްލެޓްފޯރމްގެ ބައެއް މަރާމާތުތައް ކުރުމަށްފަހު މިއަދުންފެށިގެން ފެތުންތެރިންނަށް ހުޅުވައިލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ވަނީ 2.5 މީޓަރާއި 3.5 މީޓަރާއި ދެމެދުގެ ފުންމިނަކަށް ސްވިމިންގ ޓްރެކް ސަރަޙައްދު ފުންކޮށްދެއްވާފައެވެ. ސްވިމިންގ ޓްރެކް ސަރަޙައްދުގައި ގާއިމްކޮށްފައިވާ ދެ ޕްލެޓްފޯރމްގެ ބައެއް މަރާމާތުތައް ކުރުމުގައި އެމް.އެން.ޑީ.އެފްގެ ވަރަށްބޮޑު އެހީތެރިކަމެއް މިއެސޯސިއޭޝަނަށް ވަނީ ލިބިފައެވެ.

މިމަސައްކަތުގައި އެހީތެރިވެދެއްވި ހުރިހާ މުއައްސަސާތަކާއި އަދި ވަކިވަކި ފަރުދުންނަށް އަދި މިކަމުގައި އެއްބާރުލުންދެއްވި ހުރިހާ ފަރާތްތަކަށް މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ ނަމުގައި ޝުކުރު އަދާކުރަމެވެ.


Our sponsors & partners

  • Bank of Maldives