Skip to content
Share
Announcements

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ޖަލްސާ 2015

3 min read

މިއެސޯސިއޭޝަންގެ 2015 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 2 ފެބްރުއަރީ 2015 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ހ.ބޯޅަގެ، ސެމިނަރ ރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިޖަލްސާގައި ފާސްކުރެވޭ 2014 ވަނަ އަހަރުގެ އަހަރީ ރިޕޯރޓާއި 2015 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ބޭނުންފުޅުވާ ފަރާތްތަކަށް ސްވިމިންގ އެސޯސިއޭޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެގޮތް ހަމަޖެހިހިފައިވާ ވާހަކަ ދަންނަވަމެވެ.

އަދި ދަންނަވަމެވެ. 2014 ވަނަ އަހަރުގެ އަހަރީ ރިޕޯޓަށާއި، 2013 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާގެ ޔައުމިއްޔާއަށް އެއްވެސް އިޞްލާޙެއް ހުށަހަޅަން ބޭނުންފުޅުނަމަ، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރީން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އަދި، މި އެސޯސިއޭޝަންގެ އަސާސީ ޤަވާޢިދަށް އިސްލާހެއް ހުށަހަޅަން ބޭނުންފުޅުވާނަމަ 29 ޖެނުއަރީ ވަނަދުވަހުގެ 14:00 ކުރިން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހަޅުއްވުން އެދެމެވެ.


ސްވިމިންގ އެސޯސިއޭޝަނުގެ ދާއިމީ މެންބަރުންނަށް އަހަރީ އާންމު ޖަލްސާއަށް ދަންނަވާ ސިޓީ: Letter to Members

ސްވިމިންގ އެސޯސިއޭޝަންގެ އަސާސީ ޤަވަޢިދު: Asaasee Gavaidhu 2014

ސްވިމިންގ އެސޯސިއޭޝަނުން 2015 ވަނަ އަހަރަށް އެކުލަވާލާފައިވާ ކަލަންޑަރު: Final Calendar 2015

2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ: AGM Yaumiyya 2014

2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާ: AGM Agenda 2015

2014 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް: Annual Report 2014

ދާއިމީ މެންބަރުންގެ ސައްޙަ ލިސްޓް: