Skip to content
Share
Announcements

09 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ޔޫތު ކޭމްޕަށް އަނާން

3 min read

09 ވަނަ އިންޑިއަން އޯޝަން އައިލެޑް ގޭމްސް ޔޫތު ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ޤައުމީ ޖޫނިއަރ ސްވިމިންގ ސްކޮޑްގެ ފެތުންތެރިޔާ، އިބްރާޙިމް އަނާން އަށް ލިބިއްޖެއެވެ. މިފުރުޞަތު އަނާން އަށް ލިބިފައިވަނީ މިފަހަރު އިންޑިއަން އައިލެންޑް އޯޝަން ގޭމްސްގައި ބައިވެރިވާ އެސޯސިއޭޝަންތަކުން ހުށަހެޅި 14 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޅުންތެރިންގެ ތެރެއިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން މި ކޭމްޕްގައި ބައިވެރިވުމަށް ހޮވާލެވުނު ކުޅުންތެރިންގެތެރޭގައި ހިމެނިގެންނެވެ.

މިކޭމްޕްގައި ބައިވެރިވުމަށް ޤައުމީ ސީނިއަރ ސްވިމިންގ ސްކޮޑްގެ ފެތުންތެރިޔާ، މުބާލް އައްޒާމް އިބްރާޙިމް އަށް ވަނީ މީގެކުރިން ފުރުޞަތު ލިބިފައެވެ. ނަމަވެސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވާ ދިވެހިރާއްޖޭގެ ސްވިމިންގ ޓީމަށްއައި ބަދަލުތަކާއި ގުޅިގެން، މި ކޭމްޕްގައި ބައިވެރިވުމުގެ ބަދަލުގައި މިގޭމްސްގައި ރާއްޖެ ތަމްސީލްކޮށް ވާދަ ކުރުމުގެ ފުރުޞަތު މުބާލް އަށްވަނީ ލިބިފައެވެ.

މި ކޭމްޕް އޮންނާނީ މިއަހަރުގެ އޮގަސްޓް މަހުގެ 1 ން 9 ގެ ނިޔަލަށް، ރީޔޫނިއަން ގައެވެ.


National Swimming Squads Sponsored by:

Sponsor - Arena Banner