Skip to content
Share
Announcements

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުން ރީ-ރެޖިސްޓްރީ ކުރުން

3 min read

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރެވުނު މިއެސޯސިއޭޝަނުގެ ހިންގާ ޤަވައިދު ވަނީ ކޮމިޝަނަރ އޮފް ސްޕޯރޓްސް އިން ފާސްކޮށްދީފައެވެ. މި ހިންގާ ޤަވައިދުގެ ދަށުން މެންބަރޝިޕްގެ ގިންތިތަކަށް ބައެއް ބަދަލުތައް އަންނަކަމަށްޓަކައި، މެންބަރުން އަލުން ރަޖިސްޓްރީ ކުރުމަށް މިއެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.

ރީ ރަޖިސްޓްރީ ކުރާ މެންބަރުން، މި އަހަރަށް އެމެންބަރުން ދައްކަންޖެހޭ އަހަރީ ފީ ދައްކާފައި ވާނަމަ، އިތުރަކަށް އަހަރީފީ ދައްކާކަށެއް ނުޖެހޭނެއެވެ. ނަމަވެސް، އަލުން ފޯރމް ފުރިހަމަކޮށް، މިއެސޯސިއޭޝަނަށް ހުށަހަޅަން ވާނެއެވެ. މި އެސޯސިއޭޝަނުގެ ހުރިހާ މެންބަރުންވެސް 22 އޮގަސްޓް 2019 އަށް ރީ ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރުމަށް އެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނަށް އިލްތިމާސްކުރަމެވެ.

ފޯރމް ޑައުންލޯޑު ކުރެއްވުމަށް:

  – ވަކި ވަކި ފަރުދުން އެސޯސިއޭޝަނުގެ މެންބަރުކަމަށް އެދޭ ފޯރމް ⇩

  – ކްލަބްތައް އެސޯސިއޭޝަނުގެ މެންބަރުކަމަށް އެދޭ ފޯރމް ⇩

ފާސްކުރެވުނު ހިންގާ ޤަވައިދު ޑައުންލޯޑު ކުރެއްވުމަށް:

  – އެސޯސިއޭޝަނުގެ ހިންގާ ޤަވައިދު ⇩

ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެމްބަރުންނާއި، މިއެސޯސިއޭޝަނުން ރާވައި ހިންގާ ޚަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތައްޓަކައި މި ވާހަކަ ދަންނަވަމެވެ.


Our sponsors & partners

  • Bank of Maldives